Wednesday, April 30, 2014

ބްލޮކްމޯޑުގައި ކިޔެވުން

ބްލޮކްމޯޑުގައި ކިޔެވުން.1

ބޮލޮކްމޯޑްގައި ކިޔެވުމަކީ ވަޒީފާގައި ހުރެ،ޢައިލާގެ މެމްބަރުންގެ ގާތުގައި ހުރެ ކިޔެވުމަށް ރަނގަޅު ފުރުޞަތެކެވެ. ނަމަވެސް މިގޮތަށް ކިޔެވުމުން ވަރަށް ގިނަ ދަތިތަކާ ކުރިމަތިވެއެވެ. ވަޒީފާގައި ގިނަވަގުތު ހޭދަ ކުރަން ޖެހޭތީ ކިޔެވުމަށް ވަގުތު ހޭދަކުރަން ދަތިވެއެވެ.އަދި ކުލާސް ރޫމުގައި ކިޔަވަން ލިބޭ ވަގުތު ކޮޅު ކުޑަވުމުން އެހެން ކުދިންނާ ޚިޔާލު ބަދަލުކޮށް ކުދިންގެ ފަރާތުން ލިބެންޖެހޭ މަޢުލޫމާތު ލިބިގެނެއް ނުދެއެވެ.މީގެ އިތުރުން ގްރޫޕް ސްޓަޑީ ހަދާކަށް ފުރުޞަތެއް ނުލިބެއެވެ.ހަމަ އެހެންމެ ނޭނގޭ ބައިތައް ޓީޗަރުންގެ ފަރާތުން އޮޅުން ފިލުވަން ދަތިވެއެވެ. ފުލްޓައިމް ކޯސްތަކުގައި ކިޔެވުމާ ބްލޮކް މޯޑުގައި ކިޔެވުމާ ވަރަށް ބޮޑަށް ތަފާތެވެ.

No comments:

Post a Comment