ަދިވެހިންގެ ޤަދީމީ ދަތުރު ފަތުރު
ސިޔާސީ ބޭނުންތަކަށް ޓަކައި، ޤަދީމީ ދިވެހިން ދަތުރު ފަތުރު ކުރި އެވެ
ބޭރު ދަތުރު ކޮށް އުޅުމުގައި ދިވެހި
ޤަދީމީ ކާބަފައިންގެ އެއް ބޭނުމަކަށް ވެފައި އޮތީ ސިޔާސީ ބޭނުމެވެ. ވެރިކަމުގެ ފަރާތުން ބޭރުގެ
ފަރާތްތަކާ އެކު ބާއްވަން ބޭނުންވާ ސިޔާސީ ގުޅުން ޤާއިމު ކުރުމުގައި
އެއްވަސީލަތަކަށް ވެފައިވަނީ ކުރެވޭ ދަތުރު ފަތުރެވެ. ޚާއްޞަކޮށް ރާއްޖޭގެ
ރަދުންގެ ފަރާތްޕުޅުން ފޮނުއްވޭ ވެދުމާ ގެން، އެހެން ދައުލަތްތަކަށް ކުރެވޭ
ދަތުރުތަކެވެ. މި ގޮތުން، މުޙައްމަދު އިބްރާހީމް ލުޠުފީ (1998) ހާމަ ކުރައްވާ
ގޮތުގައި ރާއްޖެ އިސްލާމްވުމުގެ 216 އަހަރު ކުރިން، ހިޖުރައިން 97ވަނަ އަހަރު،
ސްރީލަންކާގެ ރަސްގެފާނާއި، ދިވެހިރާއްޖޭގެ ރަދުން ބަޞަރާގެ ގަވަރުނަރު އަލްޙާއްޖު
ބިން ޔޫސުފަށް ވެދުން ފޮނުއްވާފައިވާކަން، މުއައްރިޚުންގެ ލިޔުންތަކުން އެނގެން އެބަހުރިއެވެ.
ވިޔާފާރީގެ ބޭނުންތަކަށްޓަކައި، ޤަދީމީ ދިވެހިން ދަތުރު ފަތުރު ކުރި އެވެ.
ޤަދީމީ ދިވެހިން ބޭރު ދަތުރު ފަތުރު
ކޮށް އުޅުމުގެ ސަބަބެއް ކަމުގައި ވިޔާފާރީގެ ބޭނުންތައް، ހިމެނިފައިވެ އެވެ. ދިވެހިން
ވިޔާފާރި ކަމު ގޮސް އައިސް އުޅުނު ސަރަހައްދުތަކުގައި ފައިސާގެ ގޮތުގައި ބޭނުން
ކޮށް އުޅުނީ ދިވެހި ބޮލި ކަމުގައި ވާތީ، ދިވެހިންގެ ދަތުރު ފަތުރާ ވިޔާފާރިއާ
ބޮއްޔާ ގުޅިފައިވާ ކަން އެނގެ އެވެ. ނަސީމާ މުޙައްމަދު (2004) ހާމަ ކުރައްވާ
ގޮތުގައި ދިވެހި
ރާއްޖޭގެ އެންމެ ޒަމާންވީ ވިޔަފާރި ގުޅިފައި ވަނީ ދިވެހި ބޮއްޔާ އެވެ. އޭނާ
އިތުރަށް ކަށަވަރު ކޮށް ދެއްވާ ގޮތުގައި އެވޭލާ ޒަމާނުގައި މި ބޮލި އުފައްދާ
ޚާއްޞަ ޤައުމަކީ ދިވެހިރާއްޖެ އެވެ. ހަމަ އެހެންމެ ސަލާމް ލެއްވި ޢީސާގެފާނުގެ 16
ޤަރުނުގެ ކުރީއްސުރެ ފެށިގެން، މީލާދުން 8 ވަނަ ޤަރުނާ ހަމައަށް ސީނުކަރަ އާއި
މެދު އިރުމައްޗާއި، ހުޅަނގު އެފްރިކާގައި ފައިސާގެ ގޮތުގަ އާއި، އަގުހުރި ގަހަނާ
ހެދުމުގައި ދިވެހި ބޮލި ބޭނުނކުރިއެވެ.
ބޭރުގެ ނާނާ ފަހަރާއި ދިވެހިން
ދަތުރު ފަތުރުގެ ވަސީލަތުން ޤަދީމީ
ދިވެހިން ރާއްޖެ ބޭރަށް ތަޢާރުފު ކުރުމުގައި ބޭރުން ރާއްޖެ އަންނަ ނާފަހަރުގެ
މީހުންނާ ދިވެހިންނާ ދެމެދު ބޭއްވި ރަޙްމަތްތެރިގުޅުން ހިމެނެ އެވެ. މި ގޮތުން،
ބޭރުގެ ތަފާތު ސަރަހައްދުތަކުން ރާއްޖެއައި ނާނާފަހަރާ ޤަދީމީ ދިވެހިންނާ ދެމެދު
އޮތް މައިގަނޑު ގުޅުން ބިނާ ވެފައި އޮތީ، ވިޔާފާރީގެ ގުޅުމުގެ މައްޗަށެވެ. އިބްނު
ބަޠޫޠާ އާ ޙަވާލާ ދެއްވައި، މުޙަންމަދު އިބްރާހީމް ލުޠުފީ (1991) ހާމަ ކުރައްވާ
ގޮތުގައި، ބޭރުން އަންނަ ނާނާ ފަހަރުން ތަވަޔާއި ފުފޭ އަދި ރުނބާ ފަދަ ތަކެތި،
ބަދަލުގައި ކުކުޅު ހައު ދީފައި، ދިވެހިން ގަނެ އެވެ. ހަމަ އެހެންމެ ރާއްޖޭގެ އުފެއްދުންތައް ކަމުގައިވާ
ކަނޑުމަހާއި، ކާށި، ފޮށައާއި ފަގުޑި، އަދި ލޯކަންވާރު އަރުވައި ބަރާކޮށްގެން އެ
ނާނާ ފަހަރު ރާއްޖޭން ފުރާ މަންޒަރު އިބުނު ބަޠޫޠާ ދެކެވަޑައިގެންފައިވެ އެވލުޠުފީ
(1991) ގެ ވިދާޅުވުމުން ހާމަ ވުމާއި، ރާއްޖެ އައި ނާނާ ފަހަރާ ދިވެހިން ވިޔާފާރީގެ
މުޢާމަލާތުތައް ކޮށްފައިވާ މުޢާމަލާތުގެ އިތުރަށް، އޮޑިދޯނި ފަހަރު ބަނުމުގެ ފަންނީ ހުނަރުތައް ބޭރުގެ
ކަރަތަކުން ލިބިގެންފައިވުން ފަދަ ކަންކަމުން ރާއްޖެ އައި ބޭރުގެ އޮޑިފަހަރުގެ
ވަސީލަތުން ދިވެހިންނާ ބޭރުގެ ފަރާތްތަކާ ގުޅުންތައް ބަދަހިވެ ދެފަރާތް ދެފަރާތަށް
ތަޢާރުފުވެފައިވާކަން ޔަޤީވެ އެވެ.
ޤަދީމީ ދިވެހިން ދަތުރު ފަތުރުކޮށް އުޅުނު ސަރަހައްދުތައް.
ޤަދީމީ ދިވެހިންގެ ދަތުރު ފަތުރުގެ
ދާއިރާ ވަރަށް ފުޅަލެވެ. މި ގޮތުން ރާއްޖޭގެ އިރުމަތީ ބިތުން މާލާބާރަށް ދިވެހިން
ދަތުރު ކޮށްފައިވާކަމަށް އިބުނު ބަޠޫޠާ އާ ޙަވާލާ ދެއްވައި މުޙަންމަދު އިބްރާހީމް
ލުޠުފީ (1991) ހާމަ ކުރައްވަ އެވެ. ލުޠުފީ އިތުރަށް ބަޔާން ކުރައްވާ ގޮތުގައި ''ޝައިޚު
އިބްރާހީމް'' ކިޔުނު ދިވެއްސަކު މަލާބާރުގެ ''ޟިހާރު'' އަށް ގޮސް އެ ރަށުގައި
ވަޒަންވެރިވެ ދަނޑުހައްދައި އުޅުނެވެ. (ޞ. 31- 32) ބަޞަރާގެ ގަވަރުނަރުގެ އަރިހަށް
(ހިޖުރައިން 97 ވަނަ އަހަރު) ދިވެހިންގެ ވަފުދެއް ވެދުމައިގެން ދަތުރު
ކޮށްފައިވާކަން އަލްމަސްޢޫދީއާ ޙަވާލާ ދެއްވައި ލުޠުފީ (1991) ކަށަވަރު
ކޮށްދެއްވާތީ، ހުޅަނގުން އިރާގު ކަރައާ ހަމައަށް ދިވެހިންގެ ދަތުރު ފަތުރު
ފުޅާވެފައި އޮތްކަން އެނގެ އެވެ.
No comments:
Post a Comment